މަސްވެރިންނަށް 4 ރަށެއްގައި އައިސް ޕްލާންޓް ބަހައްޓަން އިއުލާން ކޮށްފި
ދެންމެ | 22 އޯގަސްޓް 2024

4 ރަށެއްގައި 30 ޓަނުގެ އައިސް ޕްލާންޓް ބަހައްޓާނެ ބަޔަކު ހޯދަން މާލީ ވުޒާރާއިން އިން އިއުލާން ކޮށްފިއެވެ.

މާލީ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ ހއ.ދިއްދޫ، އއ.ރަސްދޫ، ގދ.ރަތަފަންދޫ، ހއ. އިހަވަންދޫ އަދި ށ.ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމުގެ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ’ގައިޑްލައިން ފޯ ޕްރޮކިއޯމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޮރ ދަ އެގްޒެކިއުޝަން އޮފް ވަރކްސް‘ އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ވުޒާރާގެ އިއުލާނުގައި ބުނީ މި މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އޮކްޓޯބަރު 20 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 250,000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕަރޮޖެކްޓުގެ ބީލަން ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މާލީ ވުޒާރާގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!