އިހުސާން މިހެން ވިދާޅުވީ މިއަދު ހޯމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
އިހުސާން ވިދާޅުވީ މިހާރުވެސް ގެންދާ ރެއިޑްތަކުގެ ތެރޭގައި މިނިސްޓްރީން ބަލާ ފާސްކުރާ ބައެއް ކަހަލަ ސްޕާގޮތުގައި ހިންގާ ތަންތަނުގައި ހަށި ވިއްމުގެ ކަންތައްތައް ކުރިއަށް ދާތީ މިހާރު މިނިސްޓްރީގެ ސްކޯޕްގެ ތެރެއިން މިހާތަނަށް އަމަލުކުރަމުން އައި ގޮތަކީ އެތަންތަނުގައި ތިބޭ ބިދޭސީން ހައްޔަރުކޮށް އެމީހުންނާ ދޭތެރޭ އިމިގްރޭޝަން ގާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އެޅުން ކަމަށެވެ.
އޭގެއިތުރުން އާންމު ސިއްހަަތަށް ގެއްލުވާގޮތަށް ފާހަގަ ކުރެވޭފަދަ ބަދިގެ، ރެސްޓޯރަންޓް، ކެފޭ އަދި ފިހާރަ ފަހަތުގައި ހިންގަމުން އަނަނަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގެ ދަށުން ބަންދުކޮށް ތަޅުއަޅުވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދިއެއަށް ފަހު އެތަންވެސް ހުޅުވޭނީ ދެން އެއޮންނަ އުސޫލެއްގެ ދަށުން ކަނޑައަޅާ މިންގަޑުތަކަށް އެބަޔަކު އެކަމާ އެއްގޮތަށް، ގާނޫނާ އެއްގޮތަށް މަސައްކަތް ކުރަން ފެށުމުން ކަމަށް އިހުސާން ވިދާޅުވި އެވެ.
މީގެ އިތުރުން ބިދޭސީން ލައްވާ ގާނޫނާ ހިލާފަށް މަސައްކަތް ކުރާ ދިވެހީންނާ ދޭތެރޭ އިމިގްރޭޝަން ގާނުގެ ދަށުން ފިޔަވަޅުވެސް އަޅާނެކަމަށާއި އޭގެ ތެރޭގައި ކޮނޓްރޯލާ އޮފް އިމިގްރޭޝަން އަންގާފައިވާ ގޮތުގެ މަތިން 50،000 ރުފިޔާ ގެ އަގުން ޖޫރިމަނަާ ކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިފަހުން އައިސް ފުލުހުން ކުރިއަށް ގެންދާ ރެއިޑްތަކުގައި ސްޕާތަކުގައި ހަށިވިއްކުމުގެ ގިނަ މައްސަލަތަކެއް ވަނީ ތަހުގީގުކޮށްފައެވެ. އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގައި އެފަރާތަތްތަކުން ނުސާފު، މުޑުދާރު ތަނަތަނުގައި ދިވެހީންނަށް ކާނާ ހަދާ ވިޔަފާރީތައްވެސް ވަނީ ހޯދިފަ އެވެ.