ޒަރާ، ލަގްޒަރީ ދެ ގެސްޓް ހައުސް އަށް ރަން ކިޔައި، އޮކްޓޫބަރ 10 ގައި ސިޔާމާއި ކައިވެނި ކުރަން ނިންމައިފި
ދެންމެ | 23 އޯގަސްޓް 2024

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމް، ބ. ކަމަދޫގެ މަޝްހޫރު ނެށުންތެރިޔާ ޒާރާއާއި ކައިވެނި ބައްލަވައިގަންނަވާ ތާރީހު ކަށަވަރުވެއްޖެ އެވެ.

މައުލޫމާތު ދިން ޝިޔާމްގެ ވަރަށް އަރިސް މީހަކު ބުނި ގޮތުގައި ޝިޔާމް އާއި ޒާރާގެ ކައިވެނި އޮންނާނީ އޮކްޓޫބަރު 10 ގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ތާރީހުގައި ކައިވެނި ކުރަން ނިންމާފައިވަނީ ޝިޔާމް އަކީ 10 އަކަށް ވަރަށް ލޯބި ކުރާ ބޭފުޅަކަށްވުމުންނެވެ.

ޒާރާ ޝިޔާމްއާ ކައިވެނި ކުރުމަށް ރަން ކިޔާފައިވަނީ ދެ  ލަގްޒަރީ ގެސްޓްހައުސްއަށްކަންވެސް މައުލޫމާތު ލިބިފަ އެވެ. މީގެ އިތުރުން ޑައިމަންޑް ހާރުތަކާއި ޖަވާހިރު ގަހަނާތަކާއި ލަގްޒަރީ އެޕާޓްމެންޓްތަކެއް ވެސް ޒަރާއަށް ހަދިޔާ ކުރުމަށް ސިޔާމް ވަނީ ނިންމާފަ އެވެ.

މި ކައިވެނި އޮންނާނީ މާލެ އަތޮޅުގެ ރިޒޯޓެއްގަ އެވެ. އަދި ކައިވެންޏަށް ފަހު ރ. އަތޮޅު ރިޒޯޓެއްގައިވެސް ޕާޓީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޝިޔާމް މިހާރުވެސް އުޅުއްވަނީ ދެ ބޭފުޅުންނާ ކައިވެނި ބައްލަވައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!