އެމްއެންޔޫ ނަމުގައި ސްކޭމް ކޯސްތަކެއް ހިންގަން ފަށައިފި
ދެންމެ | 23 އޯގަސްޓް 2024

މޯލްޑިވެސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެމްއެންޔޫއިން ބުނެފައި ވަނީ އެ ޔުނިވާސިޓިން ހިލޭ އޮންލައިން ޑިގްރީ ކޯސް ހިންގާ ކަމަށް ބުނެ ސްކޭމެއް ހިންގަމުންދާ ކަމަށެވެ.

އެ ސްކޭމް ޕޯސްޓްގައި ބުނާ ގޮތުން، އޮންލައިންކޮށް ފްރީ ޑިގްރީ ކޯސްތައް ހިންގާ ކަމަށެވެ. އަދި އުމުރުފުރާގެ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށާއި، 35 އަހަރާއި 45 އަހަރުގެ މީހުންގެ އިތުރުން 55 އަހަރު މީހުންނަށް ކޯހުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެންއެންޔޫއިން ބުނީ، އޮންލައިން ކޯސްތަކެއް ހިންގާކަމަށް ބުނެ ފަތުރަނީ ސްކޭމެއް ކަމަށާއި، އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ކޯސްތަކަށް އެޕްލައިކުރުމަށާއި، ކޯސްތަކާ ބެހޭ މައުލޫމާތު އެ ޔުނިވަރސިޓީގެ ވެބްސައިޓް މެދުވެރިކޮށް ހޯދަން އެމްއެންޔޫއިން ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!