ފިރިހެނަކަށް ވަޅިން ބިރު ދައްކައި ފޭރުނު އަންހެނާގެ ބަންދަށް 10 ދުވަސް ޖަހައިފި
ދެންމެ | 24 އޯގަސްޓް 2024

މީހަކަށް ވަޅިން ބިރު ދައްކައި ފޭރުނު އަންހެންމީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ގދ. ވާދޫ، ބުރުނިއާގެ އުމުރުން 26 އަހަރުގެ ޝާނާ މުޙައްމަދު ޖުނައިދު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ޙާޟިރު ކުރުމުން އޭނާވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުނު މައްސަލައިގައި 10 ދުވަހުގެ ބަންދު މުއްދަތު ޖަހާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.

އެގޮތުން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެއްކާއި ގަރީނާ ހުށަހަޅާފައިވާކަމަށް އަމުރުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!