ބީއެމްއެލް ބޯޑު މެންބަރުންކަމުން އައިޝަތު ނޫރައްދީން ވަކިކޮށްފި
ދެންމެ | 24 އޯގަސްޓް 2024

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުންކަމުން އައިޝަތު ނޫރައްދީން މިއަދު ވަކިކޮށްފިއެވެ.

ނޫރަައްދީން ހުންނެވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ.

ބީއެމްއެލްގައި ނޫރައްދީން ހިދުމަތް ކުރައްވާތާ 42 އަހަރުވަނީ ވެފައެވެ.

ނޫރައްދީން ބޭންކުގެ ބޯޑުން ވަކިކުރިކަން އަންގާފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ނެވެ.

ބީއެމްއެލްގެ އުސޫލުތައް ބުނާގޮތުން އެ ބޭންކަކީ އާންމު ރައްޔިތުން ހިއްސާވާ ކުންފުންޏަކަށް ވާތީ އެ ބޭންކުގެ ބޯޑް ޑިރެކްޓަރުން ވަކިކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!