ފުވައްފުލަކު ކުޅިތައް ތަރައްގީ ކުރާނަން: މިނިސްޓަރ ތޯރިގް
ދެންމެ | 25 އޯގަސްޓް 2024

ފުވައްމުލަކު ސިޓީގެ ނޭޗަރ ޕާކް އިތުރު ޙިދުމަތްތަކާއެކު ތަރައްގީކުރާނެކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފުވައްމުލަކު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ނޭޗަރ ޕާކުގެ ހާލަތުބައްލަވާލެއްވުމަށްފަހު، ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓާވިއުއެއްގައެވެ. ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާއިރު، ރަށުގެ ނެޗަރޕާކް ހިމެނޭ ސަރަހައްދަކީ ގުދުރަތީ ގޮތުން އުފެދިފައިވާ މުހިއްމު ތަނަކަށްވާއިރު، ފަތުރުވެރިންގެ ޝައުޤުވެރިވާ ގޮތަށް އެތަން ތަރައްޤީކުރަން އިސްކަންދޭންޖެހޭ ކަމަށެވެ.

 

ވަޒީރުގެ ވިދާޅުވީ ނޭޗަރ ޕާކު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު ބްރޯޑްވޯކްތަކެއް ޤާއިމުކުރުމާއި، ޕާކު ވަށައިގެންވާ ގަސްގަހާ ގެހި ފަސޭހައިން ބަލައިލެވޭނެ ގޮތަށް މަގުތަކެއް ތަރައްޤީކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ނޭޗަރ ޕާކު އިތުރަށް ތަރައްޤީކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލާ މަޝްވަރާކުރައްވައި، ޕްލޭނެއް އެކުލަވާލައްވައި، އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.ސަރުކާރުން ނިންމާފައިވާ ގޮތަށް މިހާރު ހުރި ޤުދުރަތީ މާހައުލުތައް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި 1 ނޭޗަރ ޕާކް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!