ގައުމުގެ އިގްތިސާދު ބަގުރޫޓް ކޮށްލީ ބަގުރޫޓް ފައްޔާޒު: މިނިސްޓަރ ސައީދު
ދެންމެ | 26 އޯގަސްޓް 2024

100 އަހަރާ ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ މިނިސްޓަރު އިޤްތިޞާދީ ވާހަކަ ދެއްކުން ލަދުވެތި ކަމަށް ވިދާޅުވެ، ކުރީގެ މިނިސްޓަރު ބަގުރޫޓް ފައްޔާޒު އިސްމާޢީލަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިޤްތިޞާދާބެހޭ ވަޒީރު ސަޢީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް ޢިސްމާޢީލް، ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ. ވަޒީރު ސަޢީދު ވިދާޅުވީ 100 އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް ދިވެހި ޤައުމުގެ އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ ތެރޭގައި މިނިސްޓަރުކަމުގައި ހުނެނެވި ބޭފުޅަކު އެގޮތަށް ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް ކަމަށެވެ.

އަދި މުޅިނިޒާމު އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީންކަމަށާއި، ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިންމުވާނެ ކަމަށްވެސް ކުރީގެ މިނިސްޓަރު ފައްޔާޒަށް ރައްދުދެއްވަމުން ވަޒީރު ވިދާޅުވެފައިވެއެވެ.

ފައްޔާޒް ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު، ޤައުމުގެ އިޤްތިޞާދީ ހާލަތު ހަމަ މަގަށް އެޅުވުމަށް، ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން އިޢުލާންކުރައްވައިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!