ފުވައްމުލަކު އަންހެނުންނާއި ބެހޭ ސާވޭއެއް ހަދަން ކައުންސިލުން ނިންމައިފި
ދެންމެ | 27 އޯގަސްޓް 2024

ފުވައްމުލަކު ސިޓީގެ އަންހެނުންގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަން އެ ސިޓީގެ ކައުންސިލުން ނިންމައިފި އެވެ.

ފުވައްމުލަކު ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލާފަ އެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ 12:00 އަށް އެ އިދާރާގެ މެއިލް އެޑްރެހަށް، (([email protected] ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު ހުށަހަޅަން ކައުންސިލުން އެެދެ އެވެ.

އަދި އެ ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އަންނަ މަހުގެ 5 ދުވަހުގެ ކުރިން، އިމެއިލް ކުރަން އެދިފައިވެ އެވެ. މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބުވެސް އަންނަ މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!