ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް އެމްޑީޕީން ގޮވާލައިފި
ދެންމެ | 27 އޯގަސްޓް 2024

ފުލުހުންގެ ކޮމިޝަނަރ އަލީ ޝުޖާއު އިސްތިއުފާ ދިނުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ގޮވާލައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތައް ލިމިޓު ކުރުން އިދިކޮޅު ފަރާތްތަކާ ގުޅުވައި އެ މައްސަލަ މާލީ ބަގާވާތެއްގެ ގޮތުގައި ސިފަކޮށް އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ބަގުރޫޓް ފައްޔާޒު އިސްމާއީލް ވިދާޅުވީ އިއްޔެއަކީ ފުލުހުންގެ އިދާރާއަށް ލަދުވެތި ދުވަހެއް ކަމަށް ވިދާޅުވެފައެވެ.

 

ފަސް އަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައި ވާނީ ފުލުހުންގެ މުއައްސަސާއަކީ މިނިވަން ޕްރޮފެޝަނަލް އިދާރާއަކަށް ހެދުމަށް. އިއްޔެ ފެނިގެން ދިޔައީ އެންމެ ކަމަކުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް ތަނެއް ދޮރެއް ނުބަލައި ފުލުހުން ކަންކަން ކުރަމުންދާތަން. މި ފުރުސަތުގައި ގޮވާލަން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދިނުމަށް. ޕޮލިހުންގެ ހުރުމަތް ހިފެހެއްޓުމަށް އިސްތިއުފާ ވެސް ދޭން އެބަޖެހޭ.

ބަގުރޫޓް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު، ރޭ ޕީއެންސީގެ ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ އެއީ މާލީ ބަގާވާތެއް ކަމަށް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ޝިޔާމް ވިދާޅުވީ ރޭ ގަޑިން 08:53 ގައެވެ.

އޭގޭ ފަހުން 10 މިނެޓު ތެރޭ ފުލުހުން ވަނީ އެއީ މާލީ ބަގާވާތެއް ގެންނަން ކުރި ކަމެއްކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށާ މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!