ލާރި އޮހުނަސް ލޭން މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމައިފި
ދެންމެ | 29 އޯގަސްޓް 2024

ރާއްޖޭގައި ލޭނު މަސްވެރިކަމުގެ ހުއްދަ ނުދޭން ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ޚާއްޞަ އުސޫލެއްގެ ދަށުން ލޯބޮޑު ކަންނެއްޔާއި ރީނދޫއުރަހަ ކަންނެލީގެ މަސްވެރިކަމަށް ލޭނު އަޅަން ހުއްދަދޭން ވަޒީރުންގެ މަޖިލީހުން ވަނީ ނިއްމާފައެެވެ. އެނިއްމުމާ އެއްގޮތަށް އަންނަ ފެބުރުއަރީ މަހުގެ ތެރޭގަައި ލޭނު އަޅަން ހުއްދަ ދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވެސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައީސް އޮފީހުން ބުނީ ރާއްޖޭގައި ލޭނު މަސްވެރިކަމުގެ ހުއްދަ ދޭން ވަޒީރުންގެ މަޖީލީހުން ނިއްމި ނިއްމުމަށް އަމަލު ނުކުރަން ރައީސް ނިއްމަވާފައިވާ ކަަމަށެވެ. އެމަނިކުފާނު އެގޮތަށް ނިއްމެވީ ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަންގެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ރިއާރަތްކޮށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސް ނިންމެވި ނިންމެވުމާ ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާ ބައްދަލުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ. ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެ ގޮތަށް، ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ގައުމަށް ގެނެސްދިނުމަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމުމުން ތިމާވެއްޓާ ބެހޭ ވަރަށް ގިނަ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް އެ ނިއްމުން އަނބުރާ ގެންދަން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!