ދިވެހި ފުލުހުންނާއި މެދު ރައީސް ޑރ. މުއިއްޒު ފަހްރުވެރިވެ، ވަޑައިގެންފި
ދެންމެ | 01 ސެޕްޓެމްބަރ 2024

ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި ދިވެހި ފުލުހުން ދެއްވާ ޚިދުމަތާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ޤާއިމުކުރިތާ 20 އަހަރު ފުރުމާއި ގުޅުވައިގެން ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ. ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މި މެސެޖްގައި ރައީސް މުޢިއްޒު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އަގު ޝުކުރެވެރިކަމާއެކު އެމަނިކުފާނު ވަޒަންކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ، ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއި ދުވާލު ދިވެހި ފުލުހުން އަދާކުރަމުންދާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވާ ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސް، 2004 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތް ވަކިކޮށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުއައްސަސާ ޤާއިމްކުރެއްވީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!