ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިނުގެ ހިފެހެއްޓުމެއް ނެތް ތައުރީފް ރައީސަށް އޮއްސާލައިފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމާއި މުހާތަބުކޮށް މިއަދު ރައީސް ދެއްވި ތަގްރީރަކީ ދިވެހި ޒުވާން ޖީލަށް ދެއްވި ހަދީޔާއެއް ކަމަށެވެ.
“ރައީސްގެ މިއަދުގެ ތަޤުރީރަކީ ގައުމިއްޔަތުގެ ބަހާތަކާއި ދީނީ ވަހުދަތާއި އަދި އަގުހުރި ނަސޭހަތްތަކެއް އެތަޤުރީރެއްގައި ހިމެނުނު އޮއްޓަރު ހުރި ފުރިހަމަ ތަޤުރީރެއް. މިއީ އަޅުގަނޑުމެންގެ ޒުވާން ޖީލަށް ރައީސް ދެއްވެވި ގައުމީ ހަދިޔާއެއް. ޝުކުރިއްޔާ ރައީސް“ ރައީސް މުއިއްޒުގެ އެޑްވައިޒަރުކަން ވެސް ކުރައްވާފައިވ މުހްތާޒް ވިދާޅުވި އެވެ.
މުހްތާޒް މުހްސިނަކީ މިހާރު ރާއްޖެއިން ސިންގަޕޫރަށް ކަނޑުއަޅުއްވާފައި ހުންނަ ޑެޕިއުޓީ އެމްބެސަޑަރެވެ.
ގުޅުންހުރި ލިޔުންތައް