ޑީޖޭއޭގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ރިޒުނާ އިސްތިއުފާ ދެއްވައިފި
ދެންމެ | 05 ސެޕްޓެމްބަރ 2024

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަލްއުސްތާޒާ އައިޝަތު ރިޒުނާ އިސްތިއުފާ ދެއްވައިފި އެވެ.

އެކަމަނާ ފޭސްބުކު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މިފުރުޞަތުގައި، މިދިޔަ މަދު އަހަރުތަކުގައި ތިޔަ ހުރިހާ ބޭފުޅުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.

ރިޒުނާ ވިދާޅުވެފައި ވަނީ އިސްތިއުފާ ހުށަހަޅާފައިވާތީ މި ނިންމުން ހުރިހާ ބޭފުޅުންނަށް ހިއްސާކޮއްލާ ކަމަށެވެ. އަދި ހެޔޮއެދުންތަކާއި ޝަރުޢީ ދާއިރާއަށް ހެޔޮ ދުވަސްތައް އެދޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!