ރާއްޖޭން ބޭނި ސްނޫކެއް ދުނިޔޭގެ ރިކޯޑް ފޮތަށް.
ދެންމެ | 09 މެއި 2022

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭނި ”ސްނޫކް“ މަހެއް, މިހާތަނަށް ދުނިޔޭގައި ބޭނި އެންމެ ބޮޑު ބްލެކް ސްނޫކްގެ ގޮތުގައި އިންޓަނޭޝަނަލް ގޭމް ފިޝް އެސޯސިއޭޝަން (އައިޖީއެފްއޭ) އިން ކަނޑައަޅައި ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފި އެވެ.

މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އައްޑޫގެ ކަނޑުގެ ސަރަހައްދުން 300 މީޓަރު އަޑިން މި މަސް ބޭނީ ސިންގަޕޫރުގެ ދޮށި އުފައްދާ ކުންފުންޏެއްކަމަށްވާ “ޓެމްޕަލް ރީފް“ ގެ ދޮށިތަކެއް ޓެސްޓުކުރަން އައި އެމެރިކާގެ މީހެކެވެ.

ތެރަރޯޓްއާ ބޭނި އެ މަހުގެ ބަރުދަނުގައި 14.06 ކިލޯ ގްރާމް ހުރިއިރު ދިގުމިނުގައި 68.5 އިންޗި (5.7 ފޫޓު) ހުއްޓެވެ.

ދުނިޔޭގެ ރެކޯޑް ފޮތުގައި ހިމެނިކަން ރަސްމީކޮށް އިއުލާނުކުރުމުން ތެރަރޯޓްއާ އޭނާގެ އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައިވަނީި މިކަން ކާމިޔާބުވުމުގައި ގިނަ ބަޔަކު ޝާމިލްވާކަން ފާހަގަކޮށް އެ މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. ތެރަރޯޓްްއާގެ ޕޯސްޓުގައި ވަނީ އޭނާ ގޮވައިގެން މަހަށްދިޔަ އައްޑޫ ސްޕޯޓްސް ފިޝިން ޗާޓަރުގެ ވެރިޔާ އަބްދުﷲ އާނިފްގެ ނަން ފާހަގަކޮށް އޭނާއަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!