ވައިސޫރިއެއްހެން ދުއްވި 9 އުޅަނދު ފުލުހުން ހުއްޓުވައިފި
ދެންމެ | 11 ސެޕްޓެމްބަރ 2024

މިދިޔަ 3 ދުވަހުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވައިގެން އެއްގަމުގައި ދުއްވާ 9 އުޅަނދު ހުއްޓުވާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިދިޔަ 3 ދުވަހު، 291 އުޅަނދު ބަލައި ފާސްކޮށް 76 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރުފުރޮޅުލީ 40 އުޅަނދާއި، 251 ސައިކަލެވެ.

ފުލުހުން ބުނީ މިދިޔަ 3 ދުވަހުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވައިގެން 9 އުޅަނދު ހުއްޓުވާފައިވާކަމަށެވެ. އެއީ މާލެއިން 4 އުޅަނދާއި ހުޅުމާޅެއިން 5 އުޅަނދެވެ. އަދި ލައިސަންސް ނެތި ދުއްވައިގެން ހަތަރު ފުރޮޅުލީ 2 އުޅަނދާއި 23 ސައިކަލު ހިފަހައްޓާފައި ވެއެވެ.

މިދިޔަ 3 ދުވަހު ފުލުހުންވަނީ ޖުމްލަ 39 އުޅަނދެއް ޓޯކޮށްފައެވެ. އެއީ ހަތަރުފުރޮޅުލީ 6 އުޅަނދާ 33 ސައިކަލެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!