ސައިލެންސަރު މޮޑިފައިކޮށްގެން ދުއްވާނަމަ އެ ސައިކަލެއް ޓޯކޮށް ސައިލެންސަރު ނައްތާލާނެ ކަމުގައި ފުލުހުން ބުނެފިއެވެ.
މާލެ ސަރަހައްދުގައި ނުރައްކާތެރިކޮށް ދުއްވާ މީހުން ބަލައި އެފަދަ މީހުންނަށް ހުއްޓުވުމަށް ފުލުހުން ދަނީ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
މާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ވެހިކަލްތަކާއި، މާލެތެރެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތަތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވީ، ދުވެލީގެ މިންގަޑާ ޚިލާފަށް ދެފަހަރަށްވުރެ ގިނަ ފަހަރަށް ދުއްވުމުގެ ސަބަބުން ހިފަހައްޓާފައިވާ އުޅަނދެއްނަމަ 15 ދުވަހުގެ މުއްދަތަކަށް ފުލުހުން ހިފަހައްޓާނެ ކަމަށެވެ.
އެގޮތުން ނުރައްކާތެރިކޮށް ނުވަތަ ދުވެލީގެ މިންގަނޑާ ޚިލާފަށްވުރެ ބާރަށް ދެފަހަރަށް ދުއްވައިފިނަމަ 30 ދުވަހަށް އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޖޫރިމަނާ ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އުޅަނދެއް މޮޑޮފައިކޮށްގެން ، ނުވަތަ ސައިލެންސަރާ އެއްޗެހި ބަދަލުކޮށްގެން އަޑުގަދަވާގޮތަށް މަގުމަތީގައި ދުއްވާކަމުގައިވާނަމަ އެ ސައިލެންސަރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ސައިެލްނސަރެއް ނައްތާލެވޭނެ ކަމަށެވެ.
ދެވަނަ ފަހަރަކަށް އެމީހަކަށް އެ ސައިލެންސަރެއް މޮޑިފައިކޮށްގެން އެ ސައިކަލެއް ނޫނީ އެހެން ސައިކަލެއްގަވެސް އަޅުވާކަށް އަޅުގަނޑުމެން ދެނެއް އެފުރުސަތެއް ނުދޭނަން. އެހެންވީމަ މިކަމާ ގުޅިގެން އަޅުގަނޑުމެންނަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް. އޭރުން މިގޮތަށް ސައިލެންސަރު ބަދަލުކޮށްގެން ދުއްވާ ފަރާްތަކަށްވެސް ތިމަންނަމެން މޮޑިފައިކޮށްގެން އެެހެން ސައިކަލެއްގައި ނޭޅުވޭނެ. ޚާއްސަކޮށް މި އޮޕަރޭޝަން ތެރޭގައި މިކަހަލަ އެއްވެސް އުޅަނދެއް ހިފެހެއްޓިއްޖެއްޔާ. – ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް މުހައްމަދު ލަތީފް
ހަިއވޭގައި ބޮޑެތި އެކްސިޑެންޓުތައް ހިނގާކަން ފާހަގަކުރައްވަމުން މުހައްމަދު ލަތީފް ވިދާޅުވީ، ކޮންމެ ދުވަހެއްގެވެސް ހަވީރު ބްރިޖްގެ ދެކޮޅުގައި ފުލުހުން ހިންގާ ޕްރޮގްރާމް ކުރިއަށްދާނެ ކަމަށާއި، ވެހިކަލްތަކުގެ ދުވެލި މަޑުކުރުމަށް ވީސީޕީ ކުރިއަށްގެންދާނެ ކަމަށެވެ. އޭގެ އިތުރުން ބްރިޖާއި ހައިވޭގަ ޚާއްސަކޮށް ބަންދު ދުވަސްތަކުގައި ވީހާވެސް ބޮޑަށް ވިސިބިލިޓީ ހައިކޮށް ބަލަމުންދާ ކަމަށެވެ.
އެޭގެ އިތުރުން ހައިވޭގައި ފުލުހުން ފެނުން އިތުރު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް ދުއްވާ މީހުން ދުއްވާއިރު ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓު ހިނގަން މަގުފަހިވާ ކަަމަށް ފުލުހުން ބުނެއެވެ.