ފިޔައިގެ އަގު އޮބި އަޅާފައި ނަމަވެސް ތިރިކުރާނަން: ސަރުކާރު
ދެންމެ | 16 ސެޕްޓެމްބަރ 2024

ބާޒާރުގައި ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް އަންނަ ހަފްތާއިން ފެށިގެން ހައްލެއް އަންނާނެކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ބާޒާރުގައި މިވަގުތު ފިޔާގެ ދަތިކަން ހުރި ކަމާއި އަގު ވެސް ކޮންމެވެސް ވަރަކަށް މަތިވެފައި ހުރި ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަން އެގޮތަށް ދިމާވީ ރާއްޖެއަށް ފިޔާ އެތެރެ ކުރެވޭ މިންވަރު މަދުވުން ކަމަށް ހީނާ ވިދާޅުވި އެވެ.

”އިންޑިއާ އިން އެކްސްޕޯޓް ކުރާ އަދަދު މަދުވުމުގެ ސަބަބުން އަގު ކޮންމެވެސް ވަރަކަށް މަތިވެފައި މިހުރީ. ނަމަވެސް އެކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން މިދަނީ.“ ހީނާ ވިދާޅުވި އެވެ.

ބާޒާރުގައި ފިޔާ ލިބުން ދަތިވެ ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލުމުން ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބާޒާރުގައި ފިޔާގެ ދަތިކަން ކުރިމަތިވެގެން އުޅޭ މައިގަނޑު އެއް ސަބަބަކީ، އިންޑިއާއަށް މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުންތަކާއެކު، އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމުގައި ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުނެވެ.

ބާޒާރުގައި ފިޔާގެ އަގު ބޮޑުވެ، ކިލޯއެއްގެ އަގު ވަނީ 30 ރުފިޔާ އާއި 60 ރުފިޔާއަށް އުފުލިފަ އެވެ.

ބާޒާރުގައި އެކި ތަންތަނުގައި މިއަދު ފިޔާ ކިލޯއެއްގެ އަގު 50ރ. އާއި 60ރ. އާ ދެމެދު ހުރިއިރު، 25 ކިލޯގެ ބަސްތާއެއްގެ އަގު ހުރީ 1000ރ. އަށްވުރެ މަތީގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!