ތެޔޮ ނުލައި ކަރަންޓް އުފެއްދުމަށް ސިންގަޕޫރު ކުންފުންޏަކާއި ހަވާލު ކޮށްފި
ދެންމެ | 18 ސެޕްޓެމްބަރ 2024

ރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް(އެލްއެންޖީ) ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރަން ސިންގަޕޫރުގެ ކުންފުންޏަކުން ހުށަހަޅައިފިއެވެ.

ސިންގަޕޫރުގެ ޗީ އެނަރޖީ ކުންފުނިން އިއްޔެ އެންވަޔަރަމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އެންވަޔަރަަމަންޓް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ޗީ އެނަރޖީގެ ފަރާތުން ވަނީ ރާއްޖޭގައި މޮޑިއުލަރ އެލްއެންޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ގާއިމުކުރުމުން، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.

އެނަވަޔަރަމަންްޓް މިނިސްޓްރީން ބުނީ އެ ކުންފުނިން ހުށަހެޅި އެ ޕްރޮޕޯސަލްއާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކަރަންޓު އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!