އައްޑޫ ބަހުން މަރުގެ އިންޒާރު ’ތަ މަރާށައު‘ ދިނުމުން ޖަލަށް ލައިފި
ދެންމެ | 18 ސެޕްޓެމްބަރ 2024

އައްޑޫ ބަހުން، މީހަކަށް މަރުގެ އިންޒާރު ދިން މީހަކު ޖަލަށްލާން ހުކުމްކޮށްފި އެވެ.

މިއީ، 2021 ވަނަ އަހަރުގެ ކުރީކޮޅު، އައްޑޫގައި، އައްޑޫ މީހަކު، އައްޑޫ އެހެން މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ދައުލަތުން ކުރި ކުށް ސާބިތުވީ މީހާގެ މައްޗަށް އުފުލާފައިވަނީ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުން ދީފާނެކަމުގެ ބިރު ދެއްކުމުގެ ދައުވާ އެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުލަތުން ދައުވާ ކުރި މީހާވަނީ އޭނާގެ މައްޗަށް ކުރި ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި އޭނާގެ މައްޗަށް ކުށް ސާބިތުވީ އެވެ.

މި މައްސަލައިގައި ހެކިބަސް ދިން އަންހެނަކު ކިޔައިދީފައިވާ ގޮތުގައި، ދައުލަތުން ދައުވާ އުފުލި މީހާވަނީ، ”ތަހިންނަށީ ވިސްނަގެނާއު ތަ މަރާށައު“ ކަމަށް ބުނެ މަރުގެ އިންޒާރު ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!