މާލޭގައި މަތިން ކުޑަދޮރެއް ވެއްޓި މީހަކަށް އަނިޔާ ވެއްޖެ
ދެންމެ | 19 ސެޕްޓެމްބަރ 2024

މާލޭ ގެއެއްގެ މަތިން ކުޑަދޮރެއް މަގުމައްޗަށް ވެއްޓި، ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ޖަހާމުގުރި ގޯޅީގައި ހުންނަ ގެއެއްގެ ހަވަނަ ފަންގިފިލާއިން ކުޑަދޮރެއް ވެއްޓި މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ 19:12 ހާއިރުކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވީ އެ ވަގުތު ސައިކަލެއް ޕާކުކުރަން އުޅުނު މީހަކަށް ކަމަށެވެ. އެގޮތުން ބިއްލޫރިގަނޑު ވެއްޓި ތަޅައިގެން ގޮސް އޭނާގެ ގަޔަށް ބިއްލޫރިތައް ބުރީކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!