ކޯޓް އަމުރެއްގެ ދަށުން ފަރީދު ހޯދަން ދިވެހި ފުލުހުން ނިކުމެއްޖެ
ދެންމެ | 19 ސެޕްޓެމްބަރ 2024

ފަރީދު ހޯދައި ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ނިކުމެއްޖެއެވެ.

ފުލުހުން ނެރެފައިވާ އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ގދ. ރަތަފަންދޫ / ރަންގިރީގެ، އުމުރުން 28 އަހަރުގެ ޙައްމާދު ފަރީދު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާަކަމަށެވެ. ކްރިމިނަލް ކޯޓުން ވަނީ ފަރީދު ހޯދައިދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

ޙައްމާދު ފަރީދު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ، މަގުބޫލު ސަބަބެއްނެތި އާންމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުނު ކުށުގެ މައްސަލައާ ގުޅިގެންނެވެ. ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީއެވެ.

ޙައްމާދު ފަރީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފަރީދުއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. މީގެ ކުރިން 2020 ވަނަ އަހަރުވެސް ކްރިމިނަލް ކޯޓުން ވަނީ ޤާނޫނަށް ބޯ ނުލެނބުމުގެ މައްސަލައެއްގައި މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމުގެ މައްސަލައެއްގައި ފަރީދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!