މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ މީހަކަށް އަނިޔާ ކޮށްފި
ދެންމެ | 21 ސެޕްޓެމްބަރ 2024

އައްޑޫ ސިޓީ ހިތަދޫގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ މީހަކަށް ބޮޑެތި އަނިޔާތަކެއްކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، ހިތަދޫގައި މީހަކަށް އަނިޔާކޮށްފައިވާކަމަށް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. އެ ހާދިސާގައި އަނިޔާ ލިބުނު ދިވެހި ފިރިހެން މީހާއަށް އެކިވަރުގެ ހާނީއްކަތައް ވެފައިވާކަމަށާއި އޭނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ވެސް ދިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް، ފަހުން އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީސްމީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަގޮތުގައި އަނިޔާވި ފިރިހެން މީހާގެ ބޮލުގެ އެކި ތަންތަނުންނާއި ގައިގެ އެކި ތަންތަން ވަނީ ހަލާކުވެފައެވެ. އަދި އެތަންތަނުން އައި ލޭ އޭނާ ވެއްޓިފައި އޮތް ތަނުގެ ފާރުގައި ވެސް އުނގުޅިފައި ހުރިތަން ފެނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!