ވެލި ކެއުން ސިއްހަތަށް ފައިދާ ހުރި ކަމަކަށްވެ، ޓިކްޓޮކްގައި ޓްރެންޑް ވެއްޖެ
ދެންމެ | 22 ސެޕްޓެމްބަރ 2024

ޓިކްޓޮކްއަކީ އަބަދުވެސް އާދަޔާ ޚިލާފު ޓްރެންޑްތައް ދޭތެރެ ދޭތެރެއިން ދައުރުވާ ޕްލެޓްފޯމެކެވެ. މިފަހަރު ވެސް މިއޮތީ މުޅިން ތަފާތު ޓްރެންޑެކެވެ.

ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގައި މިފަހަރު ޓިކްޓޮކް ބޭނުންކުރާ މީހުންނަށް ފެނުނީ ވެއްޔެވެ. އެހެން ކަމުން ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް ކެމެރާ ކުރިމަތީގައި ވެލި ކާ މީހުން މިހާރު އަންނަނީ އިތުރު ވަމުންނެވެ.

މި ޓްރެންޑް ވައިރަލް ކުރުމުގައި އެންމެ އިސްކޮށް އުޅުނު ފާޓިލިޓީ އެންޑް ހޯމޯން ކޯޗް ސްޓެފަނީ އެޑްލާ ބުނެފައިވަނީ ވެލި ކެއުމަކީ އާއްމު ސިއްހަތު ރަނގަޅު ކޮށްދޭ ކަމެއް ކަމަށެވެ.

އެގޮތުން އެއީ ހަމުގެ ސިއްހަތާއި ގޮހޮރުގެ ސިއްހަތުގެ އިތުރުން ވެސް ފަލަބައްޔަށް އޮތް ފަރުވާއެއް ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ސާބިތުވެފައިވާ ކަމަށް ވެސް އެ ޓްރެންޑްގައި ބައިވެރިވާ މީހުން ބުނެ އެވެ.

”ވެލީގައި އެކުލެވޭ މައިކްރޯ އޯގަނިޒަމްސް ގެ ސަބަބުން ހަންގަނޑު ރީތިކޮށް އޮމާން ކޮށްދިނުމުގެ އިތުރުން ހަޖަމު ކުރުމުގެ ނިޒާމު ވެސް ރަނގަޅު ކޮށްދޭ“ ސްޓެފަނީ ބުނެފައިވެ އެވެ.

މި ޓްރެންޑާއެކު އޮންލައިންކޮށް އެޑިބަލް ކްލޭ ވިއްކާ މީހުންގެ އަދަދު އިތުރުވެ އެއަށް އޮތް ޑިމާންޑް ވެސް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

މިއީ ކިތަންމެ އާދަޔާ ހިލާފު ކަމެއް ހެން ހީވިޔަސް މިކަމުގެ ފަހަތުގައި ސިއްހީ އެތައް ފައިދާތަކެއް ވާކަމަށް ސައިންސްވެރިން ވެސް އެއްބަސްވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!