މިރޭ އުރީދޫގެ މިއުޒިކް ޝޯ އެކު ފަރި ހަރަކާތްތަކެއް އާޓިފިސަލް ބީޗްގައި ބާއްވަން ނިންމައިފި
ދެންމެ | 23 ސެޕްޓެމްބަރ 2024

އުރީދޫ މޯލްޑިވްސްއިން މިރޭ މިއުޒިކް ޝޯއަކާއެކު އާޓިފިޝަލް ބީޗުގައި ޚާއްސަ ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

އުރީދޫއިން ބުނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އެ ހަރަކާތް އޮންނާނީ މިރޭ 8:30އިން 10:00އަށް ކަމަށެވެ.

އެ ހަރަކާތުގައި ހަބޭސް ބޮޑުބެރު ގުރޫޕާއި ސިމްބޮލިކް ރެކޯޑްސްގެ ހުށަހެޅުންތައް ފެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ވަނީ ވީހާ ވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.

ރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ އުރީދޫއިން ވަނީ އެންމެ ފަހުގެ އައިފޯނަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހު ހުޅުވާލާފައެވެ.

އުރީދޫއިން އައިފޯން 16 ޕްރޯގެ ޕްރީއޯޑާ ފެށޭ އަގަކީ 24،899 ރުފިޔާ ކަމަށްވާއިރު، އައިފޯން 16 ޕްރޯ މެކްސްގެ ފެށޭ އަގަކީ 27،199 ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!