ޢައްޒާ ގަތުލްއާއްމް ހުއްޓުވާނެ ބަޔަކު ދުނިޔެ ބޭނުންވޭ: ރައީސް
ދެންމެ | 23 ސެޕްޓެމްބަރ 2024

އަދުގެ ޖީލުން ބޭނުންވަނީ ޣައްޒާގެ ގަތުލުއާންމު ހުއްޓުވާނެ ޖީލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އދ. ގައި ރޭ ފެށިގެން ކުރިއަށްދާ ”ސަމިޓް އޮފް ދަ ފިއުޗާ“ ގައި ތަގުރީރު ކުރައްވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، އަންނަން އޮތް ޖީލުތަކުން މި ޖީލުގެ ކަންކަން އިންސާފުކުރާނީ ނިންމާ ނިންމުންތަކަށްވުރެ ބޮޑަށް، އަޅާ ވަރުގަދަ ފިޔަވަޅުތަކަކުން ކަމަށެވެ. އެގޮތުން ބޭނުންވަނީ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި ދުނިޔެއެއް ކަމަށާއި ވާންވީ ޣައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓުވުމުގެ ހިތްވަރު ހުރި މަލްޓިލެޓްރަލް ސިސްޓަމަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގައި އެކިފަހަރުމަތިން ގައުމުތަކުން އެކި ތަސައްވުރުތައް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް، އެކަންކަމަށް އަމަލު ކުރެވެމުންދާތަން ނުފެންނަކަަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ރައީީސް ވަނީ ފާޅުކުރައްވާފައެވެ.

މިހާރު ފެށިގެން ކުރިއަށްދާ ސަމިޓަކީ ބައިނަލްއަގުވާމީ މަަލްޓިލެޓަރަލް ސިސްޓަމް ތަރައްގީ ކުރުމުގެ މަޝްވަރާ ކުރުމަށް ބާއްވާ ސަމިޓެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!