ބޮނބިނަރުން ގަހަނާ ހަދާ ކޯހެއް ކުޅުދުއްފުށީގައި ފަށައިފި
ދެންމެ | 23 ސެޕްޓެމްބަރ 2024

ބޮނބިނަރާއި ރޯނުން ގަހަނާ ހަދަން ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފިއެވެ.

މިއީ ކެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއެޓިވްގެ އެހީތެރިކަމާ އެކު މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ހިންގާ ”ވެޓްލޭންޑް ލައިވްލިހުޑް ޕްރޮޖެކްޓް“ ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން އެ ރަށުގައި ހިންގާ ޓްރެއިން ޕްރޮގްރާމެކެވެ.

މި ޓްރެއިނިން ޕްރޮގްރާމުގައި ދިވެހިންގެ ސަގާފަތުގައި ހިމެނޭ ބޮނބިނަރާއި ރޯނުން ޒަމާނީ އުފެއްދުންތަކެއް ތައްޔާރު ކުރަން ދަށްކޮށްދޭނެއެވެ. މިގޮތުން  ބޮނބިނަރު ބޭނުން ކޮށްގެން އަނގޮޓި، ކެވެލި، އަތުގައި އަޅާ އުޅާ، ކަންފަތުލާ މުދި ފަދަ ތަކެތި ހަދަން ދަސްކޮށްދޭނެއެވެ.

ފޮޓޯ: ސިޓީ ކައުންސިލް

މި ޓްރެއިނިން ޕްރޮގްރާމް ހިންގުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރޯނުވެށުމާއި އެކި ފަންނުވެރިކަން ހުރި މީހުންނަށް އެމީހުންގެ ހުނަރު ތަރައްޤީކޮށް، މާކެޓް ކުރެވޭނެ އިތުރު ބާވަތްތަކެއް އުފައްދަން މަގުފަހިކޮށްދިނުމާއި ރަށުން ލިބެން ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ތަކެތި ވިއްކައިގެން އަންހެނުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އެހީތެރިވެ ދިނުމެވެ.

ޖުމްލަ ދިހަ ބައިވެރިންނާއިއެކު ފަށާފައިވާ، މި ޕްރޮގްރާމްގެ މުއްދަތަކީ ހަ ދުވަހެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންނަނީ މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!