މަހުޖަނަކަށް ވާން އެދޭނަމަ އަނބިން ނޫން އަންހެނުންނަށް ސަމާލުކަން ނުހުއްޓާ!
ދެންމެ | 25 ސެޕްޓެމްބަރ 2024

ތަނަވަސްކަމަށް ނުއެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ތަނަވަސްކަން އިތުރުކުރަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް ސަމާލުކަންދޭންވީ ތަނަވަސްކަން ލިބިފައިވާ މީހުން ތަނަވަސްކަން ލިބިގަންނަން ޢަމަލުކުރި ގޮތަށެވެ. އެހެންކަމުން މިގެނެސްދެނީ އަމިއްލަ މަސައްކަތުން މިލިއަނަރަކަށްވެފައިވާ މީހަކު ބުނެފައިވާ ބައެއް ވާހަކައެވެ.

– ތިމާ ނިޞްބަތްވަނީ ފަޤީރު ޢާއިލާއަކަށްނަމަ ތިމާގެ ސަބަބުން ބައަކަށް ތަނަވަސްކަން ހޯދައިދޭން މަސައްކަތްކުރާށެވެ. އެންމެ ޢާއިލާއަކަށް ނަމަވެސްމެއެވެ. (ދީލަތިވާށެވެ!)

– ފެންނަހައި އަންހެނަކަށް ސަމާލުކަން ނުދީ ހަމަ އެންމެ އަންހެނަކަށް ސަމާލުކަންދޭށެވެ! (ކިތަންމެ ރީތި އަންހެނަކު ފެނުނަސް ބައިވެރިޔާ ނޫން އަންހެނަކަށް ސަމާލުކަން ނުދޭށެވެ! އަނބިމީހާއަށް ދޭ ސަމާލުކަން އިތުރުކުރާށެވެ!)

– ލިބޭ އާމްދަނީ އިތުރުކުރަން ތިބާކުރާ ވަރަށް މަސައްކަތް ނުކުރާ މީހުންގެ ފާޑުކިޔުންތަކަށް ނުވިސްނާށެވެ!

– ގެއްލުމެއް ލިބުނަސް މާޔޫސްނުވެ ހިތްވަރުކުރާށެވެ!

– ތިބާގެ ކިބައިން ނާޖާއިޒު ފައިދާއެއް ނުލިބުމުން އެއްޗެތިގޮވާ މީހުންގެ އަޑު އިވޭކަމަށް ނުހަދާށެވެ!

 

މިކަންކަމަށް ސަމާލުކަންދީގެން ކުރިއެރުން ހޯދަން މަސައްކަތްކުރާ މީހަކަށް ތަނަވަސްކަން ލިބޭނެއެވެ. އިން ޝާ ﷲ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!