ކަމަދޫ ޒާރާ އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މަޝްހޫރު ނެށުންތެރިޔާއޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. މިދިޔަ ބޮޑު ޢީދުގައި ބ. ކަމަދޫގައި އޮތް ކުޅިވަރު ޙަރަކާތްތަކުގެ ތެރެއިން ޒާރާގެ ނެށުމުގައި އަޅުވާލާ ޗާލު ބަނޑިތަކުން އެތައް ބަޔެއްގެ ހިތް ވަނީ އަތުލާފައެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޒާރާއަށް ހިތްކިޔައި ސަން ޓްރެވަލް ސިޔާމް އޭނާއަށް ކައިވެނި ހުށަހެޅުމެވެ. އަދި އޭނާގެ އާނ ބަސް ހޯދުމަށް ރަށުގައި ޚައިރާތެއް ނުލިބޭ ހަމަ އެކެއް ވެސް ނެތްކަމަށް ވެއެވެ. އަދި ޚުދު ޒާރާއަށް ވެސް ދެ ގެސްޓްހައުސް އާއި އެތަކެއް މަންފާތަކެއް ލިބިފައި ވާކަމަށް ވެއެވެ.
ކަމަދޫ ފިނިމައިޒާންތަކުގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، ޒާރާ ދެ ގެސްޓްހައުސްއަށް ޑިމާންޑް ކުރީ ކުއްލިއަކަށް ވަކިވުމުން ކުރީގެ ލޯބިވެރިޔާއަށް ލިބޭނެ ހިތްދަތިކަން ކުޑަކުރުމަށް ހަދިޔާއަކަށް ގެސްޓްހައުސެއް ދޭން ބޭނުންވާތީ އެވެ. ޒާރާ އަކީ ނަސީބުވެރިއެއްގެ ގޮތުގައި ބައެއް މީހުން ފާހަގަކުރާ އިރު އަނެއް ބަޔަކު ބުނަނީ އެއީ ގޯލްޑްޑިގާއެއް ކަމަށެވެ.
ހަމަ ޔަޤީނުން ވެސް މިއަހަރު އޮންނާނެ އެންމެ ބޮޑު ކައިވެނި ޙަފުލާއަށް ވެގެންދާނީ ޒާރާ އާއި ސިިޔާމްގެ ކައިވެނި ޙަފުލާއެވެ.