ތައުލީމީ ހަފްލާތަކަށް ސިޔާސީ މީހުންނަށް ދައުވަތު ނުދިނުމަށް ލަންކާގެ ބޮޑުވަޒީރު އަންގަވައިފި
ދެންމެ | 29 ސެޕްޓެމްބަރ 2024

ސްކޫލުތަކުގައި އޮންނަ ހަފްލާތަކަށް ސިޔާސީ މީހުންނަށް ދައުވަތު ދިނުން ހުއްޓާލުމަށް ސްރީލަންކާގެ ބޮޑުވަޒީރު އަދި އެޑިއުކޭޝަން މިނިސްޓަރ ޑރ. ހަރިނީ އަމަރަސޫރިޔާ އިލްތިމާސްކުރައްވައިފި އެވެ.

އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ޑރ. ހަރިނީ ވިދާޅުވީ މިކަމަކީ ދަރިވަރުންނަށް ކުރިމަތިވާ ”ޑިސްޓްރެކްޝަން“އެއް ކަމަށާއި އަދި ސްކޫލުތަކުގެ މާހައުލު ސިޔާސީ ކުރާ ކަމެއް ކަމަށެވެ.

ލަންކާގެ ރައީސްކަމާއި އޭކޭޑީ ހަވާލުވެ ވަޑައިގެންނެވި ފަހުން ގެންދަވަނީ އިސްލާހީ ބޮޑެތި ކަންތައްތަކެއް ކުރައްވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!