ފިނޭންސް މިނިސްޓަރަކަށް ޒަމީރު ބަދަލުކޮށް، ފޮރިންގ މިނިސްޓަރ ކަން ޑރ. ހަލީލަށް ދީފި
ދެންމެ | 30 ސެޕްޓެމްބަރ 2024

ފިނޭންސް މިނިސްޓަރަކަށް ޒަމީރު ބަދަލުކޮށް، ފޮރިންގ މިނިސްޓަރ ކަން ޑރ. ހަލީލަށް ދީފި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރަކަށް އަދި ފިނޭންސް މިނިސްޓަރަކަށް، ހެލްތު މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ޑރ. އަބްދުﷲ ހަލީލް ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މި ބަދަލާ އެކު، ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވަން ރައީސް މުއިއްޒު ނިންމަވާފައި ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

އެކަމަކު، ސަރުކާރުން އަދި ރަސްމީކޮށް އެކަން ކަށަވަރު ކޮށެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި، ޝަފީގު މިހާރު ވަނީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!