އީރާނުން އިސްރާއިލަށް ހަމަލާދޭން ’ފައްތާހް‘ ބޭނުން ކޮށްފި
ދެންމެ | 02 އޮކްޓޯބަރ 2024

އިރާނުން ރޭ ނިރުބަވެރި އިސްރާއީލާއި ދެކޮޅަށް ދިން ހަމަލާގައި އާ މިސައިލެއް ”ޓެސްޓް“ ކޮށްފިއެވެ.

އިރާނުން މިރޭ 200 އަށްވުރެ ގިނަ މިސައިލް ހަމަލާތައް އިސްރާއީލާއި ދެކޮޅަށް ފޮނުވާލާފައިވާއިރު، މީގެ ތެރެއިން ބައެއް މިސައިލްތައް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފައެވެ. ނަމަވެސް ބައެއް މިސައިލްތައް އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ވަނީ ވެއްޓިފައެވެ.

މި ހަމަލާ ދިނުމަށް އިރާނުން އާވައްތަރެއްގެ މިސައިލް ބޭނުން ކޮށްފައިވާ ކަމަށް އެގައުމުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ބުނެފައެވެ. އެމީހުން ބުނި ގޮތުގައި އިސްރާއީލާއި ދެކޮޅަށް މިރޭ ދިން ހަމަލާގައި ފުރަތަމަ ފަހަރަށް ބޭނުން ކޮށްފައިވަނީ އާ ވައްތަރެއްގެ ”ހައިޕާސޮނިކް“ މިސައިލެކެވެ.

އެ މިސައިލަށް ދީފައިވާ ނަމަކީ ”ފަތަހަ“ ކަމަށާއި މިއީ ތެހެރާނުގައި އުފައްދައި، މިދިޔަ އަހަރު ދައްކާލާފައިވާ މިސައިލެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

”ފަތަހަ“ މިނަމަކީ އެއީ ”ކަމިޔާބު“ ނުވަތަ ”ކާމިޔާބު ގެނެސްދޭ ފަރާތް“ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

މިރޭގެ ހަމަލާއާއި ގުޅިގެން އިރާނުން ބުނީ، އެގައުމުން އިސްރާއީލާއި ދެކޮޅަށް ފޮނުވާލި ހަމަލާގެ 90 އިންސައްތަ އަމާޒުތަކަށް އެރި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!