ދޮގު ހަބަރު ފެތުރުމުން މުޅި ދައުލަތަށް ގެއްލުންވޭ: ރައީސް
ދެންމެ | 05 އޮކްޓޯބަރ 2024

ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމުގައި ބައިވެރިނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ރާއްޖެ އިސްލާމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދޮގު ވާހަކަދެއްކުމާއި ދޮގު ހަބަރު ފެތުރުން ވަނީ އަދުގެ ދިވެހި މުޖްތަމައުގައި މޫލާފައި އޮތް ބޮޑު ހަލާކެއްގެ ގޮތުގައިަކަމަށެވެ. ދޮގު ހެދުމާއި ދޮގު ފެރުތުމުގައި އެތައް ބަޔަކު އަވަދިނެތި އެބައުޅޭކަމަށާއި އެކަން ކުރަނީ ލިބޭ ދުނިޔަވީ ކުޑަ މަންފާއަކާއި ލިބޭ މަދު ލާރިކޮޅަކަށްކަމަށް ރައީސް މުިއއްޒު ވިދާޅުވިއެވެ.

“ މިފަދަ ދަށު ދަރަޖައިގެ އަމަލުތެއް ހިންގޭއިރު އެކުރެވެނީ ކިހާވަރެއްގެ ނުބައިކަންކަން ވަޒަންކޮޅުމުހެ ހަޔޮ ވިސްނުން ހަމަ ނާންނަނީބާ. އެއީ މުޖުތަމައަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން ހަމަ އެމީހުން ނު ދަންނަނީބާ. ސައްތައިން ސައްތަ އިސްމީ ގައުމެއްގެ ދީނީ އަހްލާގީ އިޖްތިމާއި މިންގަނޑުތައް ފުންޑުފުންޑުކޮށް ފަނާކޮށްލަން ބައިވެރިވުމާއި އެކަންކަމުން ނުކުންނާނެ ނުބައި ނަތީޖާ އެފަދަ މީހުންނަށް ހަމަ ނުވިސްނެނީބާ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބައެއް ފަހަރަށް ފަތުރާ ދޮގު ހަބަރުތަކުން އެކަމުގެ ގެއްލުމުން މުޅި ދިވެހި ދައުލަތަށް އިންތިހާއަށް ފޯރާކަމަށެވެ. ދޮގު ހެދުން އެއީ މުނާފިގުންގެ ސޫރައެއްކަމަށް ސިފަކަުރައްވަމުން ރައީސް ވިދާޅުވީ ނަމޫނާ ލިބިގަންނަވަންވީ އެމީހުންގެ އެ ނުބައި އަމަލުތަކުން ނޫންކަމަށެވެ.

“ ދިވެހިރާއްޖެ އިސްލާވި ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން ނަމޫނާ ލިބިގަންނަނަވަންވީ މުނާފިގުން ދުނިޔެއަށް ތައާރަފުކުރި ދަށު ދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫން.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ރިވެރި އާދަތަކޔގެ މަތީގައި ހިފެހެއްޓުމަށް ގޮވާލައްވަމުން ރައީސް މުއިއްޒުވަނީ ﷲ ދެއްވާފައިވާ މުއްސަނދިކަން ރިޒްގު ދޮގު ހެދުމާއި ދޮގު ފެތުރުމަށް ހޭދަ ނުކުރަންވެސް އެމަނިކުފާނުވަނީ އިލްތިމާސް ކުރެއްވިއެވެ.

“ ތިޔައިން ކޮންމެ ބޭފުޅަކުވެސް މިވަގުތު މިތާނގައި އަމިއްލަ ނަފްސުގެ މައްޗަށް ވައުދުވެޑައިގަތުން ދޮގު ހެދުމާއި ދޮގު ހަބަރު ފެތުރުމާއި އާދަ ފުރައްސާރައިގެ ފިތުނަވެރި އަމަލުތަކުގައި ބައިވެރި ނުވާން އަޒުމް ކަނޑައެޅުން. އަޅުގަނޑުމެންނަށް ﷲ ދެއްވާ ރިޒްގާއި މުއްސަދިކަން މި ފަދަ ހަލާކުތަކަށް ހޭދަނުކުރެއްވުން. “ ދިވެހި ރައްޔިތުންނަށް ރައީސް މުއިއްޒު ގޮވާލެެއްވިއެވެ.

ރައީސް މުިއއްޒު ވިދާޅުވީ މާތްވެގެންވާ އިސްލާމީދީނަށް އުޅުމަށް ދުލުންވާ އިގްރާއި އެއްގޮތަސް ހިތުގެ ނިޔަތާއި އަމަލުތައްވެސް ބައްޓަންކުރަންޖެހޭކަމަށެވެ. އޭރު މުޖުތަމައުގައި ހުރި ނޭދެވޭ ކަންކަން ހައްލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!