ޖޭވިޔަސް، އަލިފުޅެއް ފަދަ ސިޔާމަކީ ޒަރާގެ ހަގީގީ ލޯބިވެރިއެއް!
ދެންމެ | 10 އޮކްޓޯބަރ 2024

ފަތުރުވެރިކަމުގެ ވިޔަފާރީގައި މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް (ސަން ސިޔާމް) އަކީ ވިޔަފާރީގެ އިތުރުން ލޯބީގައި ވެސް މަޝްހޫރުވެފައިވާ ދެވަނަ އަލިފުޅެއް ފަދަ ބޭފުޅެކެވެ.

މިދިޔަ ބޮޑު ޢީދުގެ ކުޅިވަރުތަކުގެ ތެރެއިން ނެށުމުގެ ފަރި ހަރަކާތްތަކުގައި ދިވެހިންގެ މެދުގައި މަޤުބޫލްކަން ލިބިގެންދިޔަ ބ. ކަމަދޫ ޒާރާ ދެކެ ލޯބިވެވުނީ ފުރަތަމަ ނަޒަރުން ކަމަށް ވަރަށް މުއުތަބަރު ފަރާތަކުން ވަނީ ކަށަވަރު ވެފައެވެ. އަދި ޒާރާ ހޯދުމަށް ސިޔާމް ނުކުރާ ހަމަ އެއްވެސް ކަމެއް ވެސް ނެތްކަމަށް ވެއެވެ.

ސިޔާމްގެ ލޯބި ޒާރާއަށް ލިބި އިއްޔެގެ ވަގުތެއްގައި ރަންކިއުމުގެ ދަރުބާރެއް ބޭއްވިފައި ވާއިރު، ޒާރާ ހުރީ ފޮނި ފޮނި ލޯތްބަށް އެދި އެދި އެވެ. އެ ޙަފުލާގެ ތެރެއިން ޒާރާގެ ލޯބީގެ އިހުސާސްތައް ބަންޑުންކޮށްލީ ރީތި ލޯބީގެ ދިވެހި ލަވައަކުންނެވެ. އެމަންޒަރު ބަލަން ސިޔާމް އިންނެވީ އުފަލުން ފެންކަޅިވެފައެވެ.

ޒާރާ ބުނެދިނީ ޙަޤީޤީ ލޯތްބަކީ ކަނުއެއްޗެއް ކަމާއި، އުމުރަކީ ހަމަ އެކަނި ނަންބަރެއް ކަމާއި، އުފަލާ ހިތްހަމަޖެހުމަކީ އެދެމީހުންނަށް މަދުވާނެ އެއްޗެއް ނޫންކަމަށެވެ. އާއިލާ އާއި ގާތްތިމާގެ މީހުންނާ ވަރަށް ގާތް އެކުވެރިން ބައިވެރިވި ރަންކިއުމުގެ ދަރުބާރުގައި ފެނުނީ އުފާވެރި މަންޒަރުތަކެކެވެ.

މިއަދުގެ ވަގުތެއްގައި ޒާރާ އާއި ސިޔާމްގެ ކާވެނިކުރެވި، މިރޭ ވެގެންދާނީ ސިޔާމްގެ ލޯބި ބަންޑުންކޮށްލާނެ ރެޔަކަށެވެ. މިއީ ޒާރާގެ ހުވަފެންތައް ޙަޤީޤަތަކަށް ވެެގެންދާނެ ވަގުތުކޮޅެއް ކަމުގައި ނޫނީ ނުވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!