ރަންވޭ ހަލާކުވެފައިވާތީ ކޫއްޑުއަށް ދަތުރުކުރުން މޯލްޑިވިއަނުން ހުއްޓާލައިފި
ދެންމެ | 11 އޮކްޓޯބަރ 2024

ގއ. ކޫއްޑޫގެ ރަންވޭ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައި ވާތީ މޯލްޑިވިއަނުން ކޫއްޑޫއަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.

އެގޮތުން މިއަދުން ފެށިގެން ކޫއްޑޫ އަށް ދަތުރުތައް ހުއްޓާލަން މޯލްޑިވިއަން އިން މިހާރު ވަނީ ނިންމާފަ އެވެ.

ކޫއްޑޫއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމީ ދަތުރުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. އަދި ރަންވޭގެ މައްސަލަތައް ހައްލުވިހާ އަވަހަށް ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.

ކުއްޑޫ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރު އެވެ. އެއަށް ފަހު ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކޮށް އަލުން ކޫއްޑޫ އެއާޕޯޓު ހުޅުވީ 2017 ވަނަ އަހަރު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!