ހުޅުމާލޭ ކޮންޓޭޕާކުގެ ހިޔަލަ އިތުރަށް ތަރައްގީ ކުރަން ނިންމައިފި
ދެންމެ | 12 އޮކްޓޯބަރ 2024

ހިޔަލަ މާކެޓް އިތުރަށް ތަރައްޤި ކުރުމަށް ނިންމައިފި އެވެ.

މިކަން ހާމަކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ އެ ކޯޕަރޭޝަނުން ހުޅުމާލޭ ކޮންޓެއިނާ ޕާކުގައި ހިންގާ ހިޔަލަ މާކެޓް އިތުރައް ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފައިވާކަމަށެވެ.

އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ބީލަން ތައްޔާރުކުރައްވަން ވާނީ، އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެން ކަމަށާއި، އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ކަމަށް އެ ކުންފުނިން ނެރުނު އިއުލާނުގައި ހާމަކޮށްފައިވެއެވެ. އަދި މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވޮލޮޕްމަންޓުގައި އެންމެ ކުދި ،ކުދި އަދި މެދު ގިންތީގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށް ވެސް އެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮކްޓޫބަރު 14:00 އެވެ.

މިކަމާ ގުޅޭ އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް އަށް އީމެއިލް ކުރެއްވުމަށް ނުވަތަ ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!