ސިމާއި ޒަރާގެ ދިފާއުގައި ޝައިހް ޒައިދު: ބާލިގް ވެފައިވާ ދެ މީހުން އިނުމަކީ އުފަލެއް!
ދެންމެ | 12 އޮކްޓޯބަރ 2024

ބާލިޣުވެފައިވާ ދެމީހުން ކައިވެނިކުރުމުން އެކަމަށް ހަޖޫ ޖެހުމަކީ ދެރަ ކަމެއް ކަމުގައި ޝެއިިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ. ޒައިދު ވިދާޅުވީ މީހަކު ހަރާމް ގުޅުމެއް ހިންގައި، ރައްޓެހި ވެގެން އުޅުމަކީ ބައެއް މީހުންނަށް ހަޑިކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއްގައި އޭޖް ގެޕްގެ ވާހަކައެއްވެސް ނުދައްކާ ކަމަށެވެ.

“ބާލިޣުވެފައިވާ ދެމީހަކު ކައިވެނިކުރުމުން ހަޖޫ ޖެހުމަކީ ދެރަކަމެއް. ހަޖޫ ޖަހައި އިންކާރު ކުރަންވީ ޒިނޭއަށް” ޝެއިހް ވިދާޅުވިއެވެ.

ދ.މީދޫ ދާއިރާގެ މެންބަރު އަދި ކަމަދޫއަށް ނިސްބަތްވާ ޒާރާ ކައިވެނި ބައްލަވައިގަތުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ޝިިޔާމްގެ އުމުރަކީ 55 އަހަރުކަމަށްވެފައި ޒާރާގެ އުމުރުން 23 އަހަރުކަމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

އެ ދެމީހުންގެ ދޭތެރޭގައި32 އަހަރުގެ ތަފާތެއް ވީނަމަވެސް ކައިވެނި ކުރުމަށް ވަކި އުމުރުފުރާއެއް ދީނުގައި ކަނޑައަޅާފައެއް ނުވެއެވެ. ކައިވެނީގެ ޝަރުތު ތެރޭގައި ހިމެނެނީ ބާލިޣު ވުުމެވެ.

އެހެން ކަމުން އެކަމަށް ފާޑު ކިޔުމަކީ ވަރަށް ދެރަށް ކަމެއް ކަމަށް ޝެއިހް ޒައިދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!