10 ތަނެއް ބަލައި ފާސްކޮށް، 9 ބިދޭސީން އަތުލައިގެންފި
ދެންމެ | 13 އޮކްޓޯބަރ 2024

ކުދިކުދި ތަންކޮޅެއްގައި ތޮއްޖެހިގެން ގަވައިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގައި މިއަދުވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގެ ދަށުން ހުޅުމާލޭގެ ބިދޭސީން އުޅެމުންދިޔަ 10 އެކޮމޮޑޭޝަން ބްލޮކެއް މިއަދު ބަލާ ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެތަނުން ގަވައިދާ ހިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ފޮނުވާލަން ކުރާ މަސައްކަތުގެ ދަށުން ފާއިތުވި 10 މަސް ތެރޭގައި 4054 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން އެންމެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ެއެވެ. އެމަހު 690 ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. މމި ސަރުކާރުން ވެރިކަމާއި ހަވާލުވި ނޮވެމްބަރު މަހު 90 ބިދޭސީން ފޮނުވާލިކަމަށް އިމިގްރޭޝަން ތަފާސް ހިސާބުތަކުން ދައްކައެވެ.

މާލޭގައި އެކި ތަންތާ ތޮއްޖެހިގެން އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ އަދަދު މިހާރު 100 އިން މައްޗަށް އަރާނެކަަމަށް ބެލެވެއެވެ. ކުދި ކުދި ތަންކޮޅުގައި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ފެށީ ހެންވޭރުގައި 50 ވުރެ ގިނަ ބިދޭސީން އުޅުނު ދޫހިމެރިގޭގެ އިމާރާތެއްގައި ރޯވެ އަނދާ ހުލިވުމުގެ ހާދިސާއަށް ފަހުއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!