މަތީ ތަޢުލީމުގެ ދާއިރާތަކާ ގުޅޭ ރިޕޯޓެއް އެކުލަވާލަން ނިންމައިފި
ދެންމެ | 16 އޮކްޓޯބަރ 2024

ދިވެހިރާއްގޭ ތަރައްޤީއަށް ބޭނުންވާ މަތީ ތަޢުލީމުގެ ދާއިރާތަކާއި ގުޅޭ ދިރާސާ ރިޕޯޓެއް އެކުލަވައިލުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީގައި، އެވުޒާރާއިން ކުރިއަށްގެންދާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓްގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ.ދިވެހިރާއްގޭ ތަރައްޤީއަށް ބޭނުންވާ މަތީ ތަޢުލީމުގެ ދާއިރާތަކާއި ގުޅޭ ދިރާސާ ރިޕޯޓަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ބޭނުންވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަށް ފަހިކޮށްދިނުމަށް އަމާޒުކޮށް ތައްޔާރުކުރާ ރިޕޯޓެކެވެ.

މި ދިރާސާއަށް ސަރުކާރުގެ އެންމެހާ އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ކައުންސިލްތަކުން މަޢުލޫމާތު އެއްކޮށްފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ މަޢުލޫމާތު ނިލިބޭ ބައެއް ތަންތަނުން އިތުރު މަޢުލޫމާތުު ހޯދުމުގެ މަސައްކަތާއި، މިހާތަނަށް ލިބިފައިވާ މަޢުލުމާތު ތަރުތީބުކުރުމުގެ މަސައްކަތްތަށް ކުރަމުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.“ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑް އެނާލިސިސް“ ގެ ނަމުގައި ކުރިއަށް ގެންދާ މި ދިރާސާ ރިޕޯޓްގެ ފުރުތަމަ ޑްރާފްޓް ނިންމައި، އެ ރިޕޯޓާއި ގުޅޭ ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވާފައިކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!