2 މިލިޔަން ދައުލަތަށް ނަގާ، ޑްރަގު ސޭޓުންތައް އުމުރަށް ޖަލަށް ލައިފި
ދެންމެ | 17 އޮކްޓޯބަރ 2024

ޑުރަގުގެ ވިޔަފާރިކޮށް ލިބޭ ފައިސާ މަނީ ލޯންޑާކުރި ބޮޑުންތަކެއް އުމުރަށް ޖަލަށްލާ ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މީ މަސްތުވާތަކެތި އަތުލައިގަތް މައްސަލައެއްގައި، ފައިސާ ދައުރުކޮށްފައިވާ ގޮތް ބަލައިގެން، އެކަމުގައި ޝާމިލުވި މީހުންގެ މައްޗަށް މަނީ ލޯންޑަރިން ދައުވާކުރި ފުރަތަމަ މައްސަލައެވެ.

ކޯޓުން މި ހުކުމް އިއްވާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު 12 ގައި ހިނގި އޮޕަރޭޝަނެއްގައި، މާލޭގެ ހަތަރު ގެއެއް ބަލާފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދެދެއްގެ ފައިސާއާ އެކު އަތުލައިގަޔް ހަތަރު މީހެއްގެ މައްޗަށެވެ. މި މީހުންނަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ އެ ވިޔަފާރީގައި އުޅޭ ބޮޑުންތަކެެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ދައުވާކޮށް އުމުރަށް ޖަލަށް ލީ މީހުން

ތ. ތިމަރަފުށި/ ވައިޓްރޯސް އިސްމާއިލް ޝަރީފް

ކ. މާލެ/ މއ. ހަސްލަތު ޝާނިޔާ އިބްރާހީމް

ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45/ ހުޅުމާލެ ހަސަން ރަޝީދު

ގދ. ތިނަދޫ/ ރަންގަލް ހަސަން ލޫތް

2021 ވަނަ އަހަރު ކޯޓަށް ހުށައެޅި މި މައްސަލަ ނިންމާ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވަނީ މި ހަތަރު މީހުންވެސް އުމުރަށް ޖަލަލަށް ލުމާއި އެކު ބޮޑެތި އަދަދުން ޖޫރިމަނާކޮށްފައެވެ. އަދި މި މީހުން އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާވެސް ދައުލަތަށް ނެގުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ ހަސަން ލޫތު 25 އަހަރަށް ޖަލަށް ލުމާއިއެކު ދެ މިލިއަން ރުފިޔާ ޖޫރިމަނާކުރަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މައްސަލާގައި ދެން ހިމެނޭ ހަސަން ރަޝީދު، 25 އަހަރަށް ޖަލަށްލުމާއި އެކު އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގައި ދެން ހިމެނޭ އަނެއް ދެމީހުން ކަމަށްވާ އިސްމާއީލް ޝަރީފާއި ޝާނިޔާ އިބްރާހިމް އުމުރަށް ޖަލަށް ލުމާއި އެކު ކޮންމެ މީހަކު ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކޯޓުގެ ހުކުމްގައިވެއެވެ.

އެހެންކަމުން މި ހަތަރު މީހުން ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ހަތަރު މިލިއަން ދައްކަންޖެހއެވެ.

މި މީހުން އަތުލައިގެންއިރު އެމީހުނާއި ގުޅުން އޮންނަ ތަންތަނުން ފެނުނު ހުރިހާ ފައިސާއެއްވެސް ދައުލަތަށް ނަގަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މީހުން އަތުލައިގެން އޮޕަރޭޝަންގައި މ. ބުރެވިމާގެ ބަލާ ފާސްކޮށް 1،466،000 ރުފިޔާ ވަނީ ފުލުހުން ހޯދާފައެވެ. އަދި މީމީހުންނާއި އޭރު ގުޅުން އޮތް ރޭއަލި ގެސްޓްހައުސް އިން 76،675 ރުފިޔާ ފުލުހުން ހޯދިއެވެ. މި ހުރިހާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމުން ދައުލަތަށް ނަގަން ކްރިމމިނަލްކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކުރީގެ ޕީޖީ ހުސެއިން ޝަމީމްވަނީ މަގާމާއި ހަވާލުވެޑައިގަތުމަށްފަހު، 2020 ވަނަ އަހަރުން ފެށިގެން، މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ކުރާއިރު، އެމައްސަލައިގައި ހިމެނޭ ފައިސާ ދައުލަތަށް ނެގުމުގެ ބައި ވަކިން ދައުވާގައި ހިމަނަން ފަށާފައެވެ. މީ އޭގެ ތެރެއިން އެއް މައްސަލައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!