އެންމެ މޮޅު އެތްލީޓުންނަށް ދީމާ އަދި ޝައްފާން
ދެންމެ | 18 އޮކްޓޯބަރ 2024

މިދިޔަ އަހަރުގެ އެންމެ މޮޅު ދެ އެތްލީޓުންނަށް ޓީޓީ ކުޅުންތެރިންކަމަށްވާ ފާތިމަތު ދީމާ އަލީ އަދި މުހައްމަދު ޝައްފާން އިސްމާއިލް ހޮވިއްޖެއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، އިންތިޒާމް ކުރި، ’މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024‘ ގެ އެންމެ މޮޅު ދެ އެތްލީޓުންނަށް އިނާމް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

އެންމެ މޮޅު އެތްލީޓުގެ މަގާމު، ދީމާ ހޯދި މިއީ ވިދިވިދިގެން ދެވަނަ ފަހަރެވެ. އެންމެ މޮޅު އެތްލީޓުގެ މަގާމު ދީމާ ދިފާއު ކުރިއިރު، އެންމެ މޮޅު ޒުވާން އެތްލީޓުގެ މަގާމު ދީމާ ހޯދިމިއީ ވިދިވިދިގެން ތިންވަނަ ފަހަރެވެ.

’ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ގޯލްޑް‘ ދީމާ މި ފަހަރުވެސް ހޯދިއިރު، ’ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ސިލްވަރ‘ ހާސިލް ކުރީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާއެވެ. އަދި ތިންވަނަ، ’ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ބްރޮންޒް‘ ހާސިލް ކުރީ އާމިނަތު ނަބީހާ އަބްދުއްރައްޒާގުއެވެ.

’ސްޕޯޓްސްމަން އޮފް ދި އިޔަރ- ގޯލްޑް‘ ޝައްފާން ހާސިލް ކުރިއިރު، ’ސްޕޯޓްސްމަން އޮފް ދި އިޔަރ- ސިލްވަރ‘ ހާސިލް ކުރީ ބޮޑީ ބިލްޑަރު އަޒްނީން ރަޝާދުއެވެ. އަދި ތިންވަނައަށް ދިޔައީ ނިބާލް އަހްމަދެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!