އީރާނުން ގަދަފަދަ ކަމާއި ބާރާއިއެކު އެއޮތީ އަމިއްލަ ދިފާއުގައި!
ދެންމެ | 18 އޮކްޓޯބަރ 2024

އީރާނުން އެމެރިކާ ނުރުހޭ ކަންކަން ކުރަނީތާއެވެ، މިއީކީ ޝަހުޔޫނީ މުލިއްސާ އެމީހުންގެ ހާދިމުންނަށް ގަބޫލު ކުރެވޭނެ ކަމެއްނޫނެވެ: އަމިއްލަޔަށް ތެޔޮ ވިއްކާ މުސްތަގިއްލު ކަމާ އިސްތިގަލާލް ނަގަހައްޓަނީއެވެ. ޖެނޮސައިޑް ހިންގާ، އެޕާތައިޑް ސަހުޔޫނީ މުލިއްސާ ދެކޮޅަށް އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް ވަސީލަތްތަށް ހޯދާ އެކަމަށް ހަރަދު ކުރާނެ ފައިސާ އަމިއްލަޔަށް ހޯދާނީ ޖެހިލުންކުޑަ ހިއްވަރު ހުރި ބައެކެވެ. އެހެންވެތާއޭ ސަހުޔޫނީ ހާދިމުންތަށް އީރާނުގެ ތެލުގެ ވިޔަފާރި ލޭބަލް މިކުރަނީ ’އަދިރި ވިޔަފާރި‘ ގޮތުގަ، މިއިރު ހަގީގީ ’އަދިރި ބާރާއި ރަސްކަން‘ މިކުރަނީ މުޅި މެދުއިރުމަތި ލެއިން ފޯކުރަން ސަހުޔޫނީ މުލިއްސަށް ފުރުސަތު ދީގެން ކޮންބައެއްތޯއެވެ.

ރާއްޖޭގެ މީޑިޔާތަކަށް ވެސް ބުނަން ނުކެރި ފިނޑިވަނީ، އީރާނުގެ ތެލުގެ ވިޔަފާރިއާއި އަދި ދިފާއީ ސިނާއަތަކީ ސަހުޔޫނީ މުލިހި ދިފާއުކުރާ ހުޅަގުގެ ހާދިމުންނާ އެމެރިކާއަށް ގޮންޖަހާލި ހިއްވަރުގަދަ ނަމޫނާއެއްވީމަތޯއެވެ. މިއީ މެދު އިރުމަތީގަ ހަނގުރާމަތަށް ހިންގުވާ، ބަގާވާތް ތަށް ކުރުވާ، ދަތި އުދަގޫތަށް ކޮށް، އިސްތިއުމާރީ ކުޅިގަނޑެއް ހިންގާ އަނިޔާވެރި ބަޔަކާ ދެކޮޅަށް އަމިއްލަ ނަފްސުގެ ދިފާއުގަ ހަށިފޮޅާލާ ތެދުވި ގައުމެއްގެ ވާހަކައެވެ. ތިމަންމެންނީ ’ނަމޫނާ ޑިމޮކްރަސީ‘ އެއް ކަމުގަ އެބުނާ ސަހުޔޫނީ މުލިހި އެގެންދަނީ ހުޅަގުގެ އެހީ ބިލިއަނުން ލިބިގެން، ގާޒާގަ ކުޑަކުދިން ދިރިތިއްބާ ކަތިލާ އަންދަމުންނެވެ. ނަމަވެސް ޔަމަނާއި، ސީރިޔާއާއި، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ނަފްސް ދިފާއުކުރުމަށް އެހީތެރިވުމުން ނުބައި ބައި ކުޅެނީ އީރާނުން ކަމުގަ ލޭބަލް ކުރެތެވެ.

ޙަގީގަތް ވަރަށް ސާފެވެ، އީރާނުން އެދަނީ މުސްތަގިއްލު ކޮންނެ ގައުމަކުން ވެސް އަމަލު ކުރާނެ ގޮތުގަ އެމީހުންގެ ޙައްގުތަށް ދިފާއުކުރަމުންނެވެ. އެމީހުންގެ މުސްތަގްބަލް ޔަގީންކޮށް ހިމާޔަތް ކުރުމަށެވެ. ބްރިކްސް ފަދަ ބައިނަލް އަގްވާމީ ޖަމާއަތް ތަކާއެކު އިއްތިހާދު ވަމުންނެވެ. ސަހުޔޫނީ މުލިއްސާ އަދި އެމީހުންގެ އިސްތިއުމާރީ ޕްލޭންތަކާ ދެކޮޅަށް ތެދުވެ ހަނގުރާމަ ކުރާނެ ރެސިސްޓެންސެއް ގާއިމް ކުރަމުންނެވެ. މިނިވަން މުސްތަގިއްލު ގައުމަކުން އެމީހުންގެ އަމިއްލަ ރަށްޔަތުންގެ ޙައްގުތަށް ދިފާއުކޮށް ހުޅަގުގެ އިސްތިއުމާރަށް ބޯލަނބާ ކުޑަކަކޫ ނުޖެހުމުން އެބަޔަކާ ދެކޮޅަށް ދޮގު ޕްރޮޕެގެންޑާ ހިންގާ އަޅައިގަތުމީ ހުޅަގުގެ ލަދު ހަޔާތާ ގޮތެއް ފޮތެއް ނެތް ކަމެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!