ޕޮލިސް ސްޓޭޝަން ބަނޑު އަޅާލި ވާހަކަ ގޮވުމުން، ބަގުރޫޓު ފައްޔާޒު ރޮދި ކެނޑިއްޖެ
ދެންމެ | 29 އޮކްޓޯބަރ 2024

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިއްޔެ ހޯމް މިނިސްޓަރު އަލީ އިހްސާން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ބަލައިދިނުމަށް އެދި އޭސީސީ އާއި ފުލުހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އިހުސާން އިއްޔެ ވާހަކަދައްކަވަމުން ވަނީ މިދިޔަ ސަރުކާރުގައި 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން ހަވާލު ކުރި އިންޑިއާގެ އިންދިރާ ޕްރްޖެކްޓްސް ކުންފުނިން، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ ގަތުމަށް ފަހު މާލޭގޭ ގަލޮޅުގައި ހުންނަ މޫނިމާގެ އިމާރާތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

މި ވާހަކަތަކާ ގުޅިގެން ފައްޔާޒް މިއަދު ވަނީ މިނިސްޓަރު އިހުސާން އެ ވިދާޅުވި ވާހަކަތައް ބަލައިދިނުމަށްއެދި އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރަސްމީކޮށް އެދިފައެވެ.

މިކަމާ ގުޅޭގޮތުން ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރު އިހުސާން ވަނީ ‘ކުރީ ސަރުކާރުން’ ޕޮލިސް ޔުނިޓުތަކެއް އެޅުމާގުޅޭ ޕްރޮޖެކްޓަކާއި ގުޅިގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ދެއްވާފައި ކަމަށެވެ. މިކަމުގައި ފައްޔާޒްގެ ފަރާތުން ދޭން ޖެހޭ ޖަވާބުތައް އެކި ޕްލެޓްފޯމްތަކުގައި ދެވިފައިވާނޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!