ތުންފަތަކީ މޫނުގެ ހަންގަނޑު އެންމެ ނާޒުކު ހިސާބެވެ. އެހެން ކަމުން ފަރުވާތެރިކަމާއެކު ތުންފަތް ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ. ގިނަ ސަބަބުތަކަކާހުރެ ތުންފަތް ހިކެން މެދުވެރިވާއިރު މިކަމަކީ ގޭގައިވެސް ފަރުވާ ކުރެވިދާނެ ކަމެކެވެ.
އަލޮވެރާ
އަލޮވެރާއަކީ މޮއިސްޗަރައިޒިން ޖެލްއެއް އުފައްދާ އެއްޗެކެވެ. އަލޮވެރާ ބޭނުންކުރުމުން ތުންފަތަށް ތެތްކަން ގެނެސްދެ އެވެ. ތުންފަތް ކުޑަކޮށް ފަޅައިގެން ގޮސްފައި ހުންނަނަމަ އަލޮވެރާ ބޭނުންކުރުމުން އަވަހަށް ފަރުވާ ލިބެ އެވެ. މިއީ ފަސޭހައިން ގޭގައި ހެއްދޭ ބާވަތަކަށްވާއިރު، އަބަދުވެސް ފަސޭހައިން ލިބޭ ހިސާބުގައި އަލޮވެރާ ބެހެއްޓުން ރަނގަޅެވެ. ނޫންނަމަ ވިއްކަން ހުންނަ އަލޮވެރާ ޖެލްއަކީވެސް ބެނުންކުރެވިދާނެ އެއްޗެކެވެ
މާމުއި
މާމުއި އަކީ ވައިގައި ހުންނަ ތެތްކަން އެއަށް ދަމައިގަންނަ އަދި ތުންފަތް ފާރުވެފައި ވާނަމަ އެކަމަކަށް އޮތް ވަރަށް މޮޅު ހައްލެކެވެ. އަދި މާމުއި އަކީ އެންޓި ބެކްޓީރިއަލް ބާވަތަކަށް ވުމުން މިފަދަ ފާރުތަކުގައި އިންފެކްޝަން އުފެދުމުންވެސް ދުރުކޮށްދޭނެ ކަމަށް ހަމުގެ ޑޮކްޓަރުން ވިދާޅުވެ އެވެ.
ކާށިތެޔޮ
ޒަމާނުއްސުރެ އަހަރެމެންގެ އަމިއްލަ ބަދިގެތަކުގައި ކާށިތެޔޮ ތައްޔާރުކުރާއިރު، މިއީ ތުންފަތުގައި ހުންނަ ތެތްކަން ހިފަހައްޓައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭނެ ބާވަތެކެވެ. ތުންފަތް މާބޮޑަށް ހިކި، ބާރުވެ ތަދުވާނަމަ ކާށިތެލަކީ ރަނގަޅު ފަރުވާ އެކެވެ.