ރާއްޖޭގައި ކެންސަރު ބަލީގެ ސްޕެޝަލިސްޓުން މަދުކަމުގެ ކަންބޮޑުވުން މެޑަމް ސާޖިދާ ފާޅުކުރައްވައިފި
ދެންމެ | 30 އޮކްޓޯބަރ 2024

އޮންކޮލޮޖީ ނުވަތަ ކެންސަރުފަދަ ބަލިތަކުގެ ސްޕެޝަލިސްޓުން ރާއްޖޭގައި މަދުކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފާޅުކުރައްވައިފިއެވެ.

އެކަމަނާ މިފަދައިން ކަންބޮޑުވުން ފާޅުކުރެއްވީ ބުދަ ދުވަހު ބޭއްވި މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވި މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަށް މަތިވެފައިވާކަން ފާހަގަކުރައްވައި، މިއީ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިގޮންޖެހުންތަކުން އަރައިގަތުމަށް ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަން މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި މިހާރުވެސް ބައެއް ބަލިތަކުގެ ސްޕެޝަލިސްޓުންގެ ދަތިކަން ކުރިމަތިވެފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މެރކް ފައުންޑޭޝަންގެ ކެމްޕޭންތަކަށް ތަޢުރީފު ކުރައްވައި އަދި ކޮންފަރެންސްގައި ފަސްޓް ލޭޑީންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމަށް ތަޢުރީފުކުރައްވައި، މި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!