ނަސްރުގެ ދުވަހު ފެނުނީ ދިވެހިންގެ ހިތްވަރު: މައުމޫން
ދެންމެ | 03 ނޮވެމްބަރ 2024

ނަސްރުގެ ދުވަހުން ލިބޭ ފިލާވަޅަކީ ދިވެހިންގެ އެއްބައިވަންތަކަން ނުގުޑާ އަޒުމެއްގެ މަތީގައި ދެމެހެއްޓުމުގެ މުހިންމުކަންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބުދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުންނެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ލިބޭ އެއް ފިލާވަޅަކީ ދިވެހިންގެ އެއްބައިވަންތަކަން ނުގުޑާ އަޒުމެއްގެ މަތީގައި ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާއި، ރާއްޖެ އަށް ހަމަލަދިން ދުޝްމަނުންނަށް އެއްވެސް ދިވެއްސެއްގެ ފަރާތުން ކުޑަވެސް އެހީތެރިކަމެއް އެ ދުވަހަކު ނުލިބުނުކަން މައުމޫން ވަނީ ފާހަގަކުރަށްވާފައެވެ.

“އެންމެ ކުޑަވެގެން ހޫނު ދުވަހެއްގައި ބޯލާނެ ފެންތައްޓެއްހާ ހިސާބު ވެސް ނުލިބުނު“ މައުމޫން ވިދާޅުވެފަވެއެވެ.

މައުމޫން ވިދާޅުވީ، ނޮވެމްބަރު 3 ވަނަ ދުވަހު ދެން ފެނުނީ ދިވެހިންގެ ހިތްވަރު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!