މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވައިފި
ދެންމެ | 09 މެއި 2022

ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ ދާދި ދެންމެއަކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެމަނިކުފާނު އިސްތިއުފާ ދެއްވި އިރު ސަރުކާރުގެ ސަޕޯޓަރުން މިއަދުގެ ވަގުތެއްގައި ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނަށް ހަމަލާ ދީފަ އެވެ.

ރައީސް އޮފީސް ކުރިމަތީގައި އެޕްރީލް ނުވަ ވަނަ ދުވަހުން ފެށިގެން ޓެންޓު ޖަހައިގެން ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުން ދިޔަ މީހުންނަށް ހަމަލާ ދިނުމާ އެކު، ވެރިރަށް ކޮލޮމްބޯގައި ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއު ހިންގަން ފަށާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހޯމަ ދުވަހު ސަރުކާރުގެ ސަޕޯޓަރުން މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިނުމުން އަނިޔާވި 78 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި ބޮޑު ވަޒީރުކަމުން ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް، ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެދިވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ.

 

ބޮޑު ވަޒީރުގެ މަގާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައިވާ އިރު، މުޒާހަރާ ކުރާ މީހުން ދަނީ ރައީސްގެ އިސްތިއުފާއަށް ވެސް ޑިމާންޑު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!