މަސްތަކުގެ ތެރެއިން ލޯ ބޮޑު ކަންނެލި!
ދެންމެ | 05 ނޮވެމްބަރ 2024

ބޮޑު ކަންނެއްޔަކީ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން ވަރަށް ބޮޑުވާ މަހެކެވެ.

މިއީ ހޫނުކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ރީނދޫ އުރަހަ ކަންނެއްޔާ އުޅުމުންނާއި ބައްޓަމުން ވަރަށް އެއްގޮތް ކަންނެއްޔެކެވެ. ހާއްސަކޮށް މި ދެ ބާވަތް ޅައިރު އޭގެ ބޭރުފުށުން ފެންނަ ފާހަގަތަކަށް ބަލައިގެން ވަކިކުރުމަކީ އުނދަގޫކަމެކެވެ. ނަމަވެސް މިދެބާވަތުގެ ބޮޑެތިމަސް ވަކިކުރަން ފަސޭހައެވެ. ސަބަބަކީ ރީނދޫ އުރަހަ ކަންނެލީގެ ބުރަކަކަށިމަތީގެ ދެވަނަ ކޮތަރިއާއި ބަނޑުދަށްފަރާތު ކޮތަރިބައި ލޯބޮޑުކަންނެއްޔަށްވުރެ ދިގުވާނެތީއެވެ. އަދި ލޯބޮޑުކަންނެލީގެ ހަށިގަނޑު ފަލަވެފައިވާ ނިސްބަތުން ލޯބޮޑުކަމަށް ދައްކާނެތީއެވެ.

މިމަސް އެންމެ ބޮޑުވާކަމަށް ވަނީ 2.1 މީޓަރަށެވެ. ލޯބޮޑުކަންނެލީގެ ކުދިމަސް ރީނދޫއުރަހަ ކަންނެއްޔާއެކު އެއް އިސްކޮޅުން އައިން ހަދައިގެން އުޅެއެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުން ބައެއް މޫސުމުގައި ލޯބޮޑުކަންނެލި ބޭނޭ ކަމަށްވެއެވެ. މަހުގެ ބުރަކަށިމަތީގެ ކުލައަކީ ކަޅު ނޫކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކުލައިގައެވެ. މަހުގެ ކޮތަރިތައް ހުންނަނީ ރީނދޫ ކުލައެއްގައެވެ. މިމަހުގެ ކާނާއަކީ މަހާ، ބޮވާދިލަމަހާ، ކަކުނި ފާޑުގެ ސޫތްޕެވެ.

 

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!