މިސް ޔުނިވާސަށް ދާން 2 ޓިކެޓްގެ ހިލޭ ދޭން ސައިނާ ނިންމައިފި
ދެންމެ | 07 ނޮވެމްބަރ 2024

މިސް ޔުނިވާސް މުބާރާތުގެ ރާއްޖޭގެ އެންމެ ފުރަތަމަ ބައިވެރިޔާ މަރިޔަމް ޝައިނާ އޭނާގެ ފޮލޯވަރުންނަށް އެ ދެނީ މެކްސިކޯއަށް ގޮސް އޭނާގެ މި ދަތުރުގައި ބައިވެރިމުވުގެ ފުރުސަތެކެވެ. އިއްޔެ ޝައިނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި މި ”ގިވް އަވޭ“ ގައި ބައިވެރިވުމަށް ކުރަން ޖެހޭ މަސަތްކަތްތައް ވަނީ ކެޕްޝަންގައި ލިޔެފަ އެވެ.

އެންމެނަށް ޝުކުރުއަދާ ކުރަމުން ޝައިނާ ބުނެފައިވަނީ އޭނާގެ އެކައުންޓު އަދި މިސް ޔުނިވާސް ޕޭޖު ފޮލޯކުރުމަށް ފަހު ކޮންމެންޓު ސެކްޝަނުގައި ކޮންމެވެސް މީހަކު ވެސް އެ މީހަކަށް މި ފުރުސަތު ދޭންވީ ކީއްވެކަން ބުނެދިނުމަށް ފަހު ފަސް ރައްޓެހިން ޓެގްކުރުމަށެވެ. އަދި އެ މީހެއްގެ ސްޓޯރީގައި މި ޕޯސްޓް ޝެއާކުރަން ޖެހޭނެ އެވެ.

މިސް ޔުނިވާސް ހުޅުވުމުގެ ހަފްލާގައި ބައިވެރިވާން ދެ މީހަކަށް ދޭ މި ފުރުސަތުގެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ މި މަހު 12 ވަނަ ދުވަހުގެ ރޭގަނޑު 8 ޖަހަންދެނެވެ.

މިސް ޔުނިވާސް ޕްލެޓްފޯމާއި ޓައިޓަލް އަކީ ރީތީގެ މުބާރާތެއްގެ އިތުރުން އެ މީހެއްގެ ގައުމާއި ސަގާފަފަތާއި އެ ގައުމެއްގެ ފަންނުވެރިކަން ތަމްސީލުކޮށްދީ، އެ މީހެއްގެ ގައުމާއި ދުނިޔޭގައި ހިނގާ އެކި މައްސަލަތަކަށް އަޑު އުފުލުމަށް ބޭނުންކުރެވިދާނެ ޕްލެޓްފޯމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!