ފިރުއަނުގެ އަސްލު ސިފަ ސައިންވެރިން ދައްކާލައިފި
ދެންމެ | 09 ނޮވެމްބަރ 2024

އާ ސައިންޓިފިކް ރިކޮންސްޓްރަކްޝަނެއްގެ ސަބަބުން، ޤަދީމީ މިޞްރުގެ އެންމެ ބާރުގަދަ ފިރުޢައުނު ރަމްސެސް ދެވަނަ މިހާރު ދެނެގަނެވޭނީ، 3،200 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އޭނާގެ ”އަސްލު“ ސިފައަކުންނެވެ.

މިސްރާއި އިނގިރޭސި ސައިންސްވެރިން ގުޅިގެން ރަމްސެސްގެ ބޮލުގެ ނާށިގަނޑުގެ 3ޑީ މޮޑެލްއެއް އުފައްދައި، އޭނާ މަރުވިއިރު އޭނާގެ ސިފަތައް އަލުން އުފެއްދުމަށް ބޭނުންކުރި އެވެ.

މި ޕްރޮސެސްގެ ތެރެއިން އެމީހުންނަށް މުސްކުޅިވުމުގެ އަސަރުތައް ފަހަތަށް ޖައްސައި، އޭނާގެ މޫނު އޭގެ އުސްމިނަށް ގެނެސްދެވުނެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ޤާހިރާ ޔުނިވާސިޓީގެ ސަހަރު ސަލީމް ސިފަކުރެއްވި ގޮތުގައި އެ ތަސްވީރުގައި ފެނިގެން ދިޔައީ ”އިންތިހާއަށް ޝައުގުވެރިވާ“ ރަސްގެފާނެކެވެ.

ރަމްސެސްގެ ސިފައާ ބެހޭ ގޮތުން ސަލީމްގެ ޚިޔާލަށް ކުރިން އޭނާގެ މޫމިފައިޑް މޫނުން މައުލޫމާތު ލިބިފައިވާއިރު، މޫނުގެ ރިކޮންސްޓްރަކްޝަންގެ ސަބަބުން ދިރިއުޅުމުގައި އޭނާ ހުންނާނީ ކިހިނެއްތޯ އިތުރަށް ސާފުކޮށް ދައްކުވައިދިނެވެ.

ރީކޮންސްޓްރަކްޝަނާ ގުޅޭ ގޮތުން ސަލީމް ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!